
އާރްޓީއެލް ފެރީތަކެއް --
ނ. އަތޮޅުގައި އާރްޓީއެލް މިމަހު ފަށަނީ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މިމަހުގެ ފަހުކޮޅު ނ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ އެވެ.
މި ދަތުރުތައް ފަށަން މިހާރު ވަނީ ޓެސްޓް ދަތުރުތައްވެސް ބާއްވާފަ އެވެ.
އާރްޓީއެލްގެ ހިދުމަތް ނ. އަތޮޅުގައި ފެށުމާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އަތޮޅުގައި ފެރީގެ ހިދުމަތުގައި ބޭނުންކުރާނީ 50 މީހުންގެ ޖާގައިގެ ދެ ފެރީ އެވެ.
މީގެ އިތުރުން އާރްޓީއެލް ފެރީގެ ހިދުމަތް މިއަހަރުގެ އޮގަސްޓް މަހު ރ. އަތޮޅުގައި އަދި ސެޕްޓެމްބަރު މަހު ބ. އަތޮޅުގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.