ސަނީ ޑިއޯލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ ފިލްމް އެކްޓަރު ސަނީ ޑިއޯލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ސަނީ ޑިއޯލް ހާމަކުރީ އޭނާ ކުރި ޓްވީޓެއްގައެވެ. ބުދަ ދުވަހު ސަނީ ޑިއޯލް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ މިވަގުތު ހުރީ އައިސޮލޭޝަންގައި ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

ފަހުގެ ތާރީހެއްގައި އޭނާ އާ ބައްދަލުވި ފަރާތްތަކުން އައިސޮލޭޓްވުމަށް ސަނީ ޑިއޯލް ވަނީ އެދިފައެވެ. އަދި ކޮވިޑަށް ޓެސްޓް ކުރުމަށްވެސް އޭނާ ވަނީ އެދިފައެވެ.

އުމުރުން 64 އަހަރުގެ ސަނީ ޑިއޯލް އަކީ ބީޖޭޕީގެ އެމްޕީއެކެވެ.