ފަރާ ޚާން އޭނާގެ މަންމައާއެކު -- ފޮޓޯ: އިންސްޓަގްރާމް

ފަރާ ޚާންގެ މަންމަ މަރުވެއްޖެ

ބޮލީވުޑްގެ ފިލްމް ޑައިރެކްޓަރު ފަރާ ޚާން އާއި ޕްރޮޑިއުސަރު ސާޖިދު ޚާންގެ މަންމަ މެންކާ އިރާނީ މަރުވެއްޖެ އެވެ.

މެންކާ އިރާނީ މަރުވިއިރު އުމުރަކީ 79 އަހަރެވެ.

އޭނާ މަރުވީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވަނިކޮށެވެ.

އެ ގޮތުން މިމަހުގެ 12 ވަނަ ދުވަހު ފަރާ ޚާން ވަނީ އޭނާގެ މަންމައާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެ ފޮޓޯ ހިއްސާކުރަމުން ފަރާ ޚާން ބުނީ ގިނަ އޮޕަރޭޝަންތަކާއެކުވެސް މަންމަ ފެންނަނީ ވަރަށް ގަދަކޮށް ކަމަށެވެ.