މީހަކު ދަނޑެއްގައި މަސައްކަތްކުރަނީ --

ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެއްވަރަށް މިކަމުންވެސް ކެންސަރަށް މަގުފަހިވޭ

ދުންފަތުގެ އިސްތިއުމާލު ކުރުމުން ކެންސަރަށް މަގުފަހިވާ ކަމަށް މާހިރުން ބުނަމުން އަންނަތާ ކިތަންމެ ދުވަހެކެވެ.

ދެން ދައްކަނީ މޭވާ އާއި ތަރުކާރީ ކެއުމުގެ ފައިދާގެ ވާހަކަ އެވެ. އެއާއެކު ދެން އިވެނީ މޭވާ އާއި ތަރުކާރީ ހެއްދުމަށް ޕެސްޓިސައިޑްސް ޖަހާ ވާހަކަ އެވެ.

ދިރާސާވެރިން މިހާރު ބުނަނީ ޕެސްޓިސައިޑްސް ޖަހައިގެން ހައްދާފައިވާ މޭވާ އާއި ތަރުކާރީ ކެއުމުންވެސް ކެންސަރަށް މަގުފަހިވާ ކަމަށެވެ. އަދި އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކެންސަރަށް މަގުފަހިވާ މިންވަރު އެއްވަރަށް ކަމަށެވެ.

ޕެސްޓިސައިޑްގެ ސަބަބުން ކޮންމެ ބާވަތެއްގެ ކެންސަރެއް ޖެހިދާނެ ކަމަށް ދިރާސާވެރިން ބުނެ އެވެ.

ކެންސަރަށް މަގުފަހިކުރާ 60 އަށްވުރެ ގިނަ ބާވަތުގެ ޕެސްޓިސައިޑްސް އެމެރިކާގައި އެކަނިވެސް ބޭނުންކުރެ އެވެ.