ޓިކްޓޮކް ހިންގާ ބައިޓްޑާންސް އޮފީހުގެ މުވައްޒަފުންތަކެއް ކާނާ ވިހަވެއްޖެ

ޓިކްޓޮކް ހިންގާ ބައިޓްޑާންސްގެ ސިންގަޕޫރު އޮފީހުގެ މުވައްޒަފުންތަކެއް ކާނާ ވިހަވެއްޖެ އެވެ.

އެ އޮފީހުގެ 60 އެއްހާ މުވައްޒަފުން ކާނާ ވިހަވެފައިވާއިރު 57 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ.

އެ އޮފީހުގެ ކެންޓީނަށް ކާބޯތަކެތި ގެންނަނީ ބޭރުންނެވެ. އެ ކެންޓީންގައި ކާބޯތަކެތި ތައްޔާރެއް ނުކުރެ އެވެ.

ބައިޓްޑާންސް އިން ވަނީ ކާނާ ވިހަވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމަކީ ސީރިއަސްކޮށް ބަލާނެ ކަންކަން ކަމަށްވެސް ބުނެފައިވެ އެވެ.