ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ -- ފޮޓޯ: ވީއައިއޭ

ރެކޯޑެއް، މިދިޔަ މަހު 217،000 ފަތުރުވެރިން

ރާއްޖެއަށް މިދިޔަ ފެބްރުއަރީ މަހު 217،394 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ. މިއީ އެއް މަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 22.2 ޕަސަންޓް އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އައީ 177،915 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 423،863 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.