ފޮޓޯ: މޯލްޑިވިއަން ފޭސްބުކް ޕޭޖް

ޑޭޝް-8 ގެ ބޯޓު ވިއްކާލަން އަލުން އިއުލާނުކޮށްފި

މޯލްޑިވިއަން އިން އެ ކުންފުނީގެ ޑޭޝް-8 ގެ މަތިންދާބޯޓެއް ވިއްކާލުމަށް އަލުން އިއުލާނުކޮށްފި އެވެ.

އެ މަތިންދާބޯޓު ވިއްކަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން މި އަހަރުގެ ފެބްރުއަރީ މަހު އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާނުކުރީ އިއްޔެ އެވެ.

މި މަތިންދާބޯޓު ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ބިޑްކުރުމުގެ ފުރުސަތު ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އާ ހަމައަށް ހުޅުވާލާފަ އެވެ.