މިފްކޯ ބަނދަރުގެ ޝީޓް ޕައިލިން ހަރުކޮށް ނިންމާލައިފި

މ.މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ޝީޓް ޕައިލް ހަރުކުރުމުގެ މަސައްކަތް މިހާރު ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތުގެ 18 ޕަސަންޓް ނިމިފައިވާ ކަމަށާއި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 22 ޕަސަންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 22,240 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 8,640 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ގެހުމާއި 3,200 އަކަ މީޓަރުގެ ޕޭވްމެންޓް އެޅުން ހިމެނެ އެވެ.

މި މަޝްރޫއުއަކީ 52.95 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.