ފޮޓޯ: ދަރަވަންދޫ

ދަރަަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިއްޖެ

ބ. ދަރަަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވެސް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫޢަކީ 22.14 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.