ޝްރައްދާ ކަޕޫރް -- ފޮޓޯ: ފޭސްބުކް

ކްރިޝް 4 އަށް ޝްރައްދާ؟

"ކްރިޝް 4" އަށް ބޮލީވުޑްގެ އެކްޓްރެސް ޝްރައްދާ ކަޕޫރު ގުޅުނު ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން މަސްދަރަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން ކްރިޝް 4 އަށް ކާސްޓުން ނަގަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެކެވެ.

"ފިލްމަށް ކާސްޓުން ނަގާކަށް ނުފަށަން،" ބޮލީވުޑް ހަންގާމާ އިން ރިޕޯޓްކޮށްފައިވެ އެވެ.

ކްރިޝްގެ ފިލްމްތަކުގައި ލީޑް ރޯލު ކުޅެފައިވާ ރިތިކް ރޯޝަން މިހާރު މަސައްކަތް ކުރަމުންދަނީ ފިލްމް "ވޯ 2" ގެ ޝޫޓިންގަ އެވެ. ނަމަވެސް އެ ފިލްމްގެ އެކްޓަރު ޖޭއާރް އެންޓީއާރް އަށް އަނިޔާވެގެން ފިލްމްގެ ބައެއް މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.

ޝްރައްދާ ކަޕޫރުގެ އެންމެ ފަހުގެ ފިލްމް "ސްޓްރީ 2" ރިލީޒްކޮށްފައިވާއިރު އެ ފިލްމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.