އަނޫޕަމް ފިލްމީ މަސައްކަތްތައް ފަށައިފި

އިންޑިއާގެ އެކްޓަރު އަނޫޕަމް ކޭރް، ފިލްމީ މަސައްކަތްތައް ފަށައިފިއެވެ.

ފިލްމީ މަސައްކަތްތައް އަލުން ފަށާފައިވާކަން އަނޫޕަމް ހާމަކުރީ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއަކާއެކުގައެވެ. ސެޓްގައި ހުރެ ނަގާފައިވާ ފޮޓޯ އިން، މޭކްއަޕް ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފެނެއެވެ. ޝޫޓް ކުރަމުންދާ ޕްރޮޖެކްޓްގެ ތަފުސީލެއް އަނޫޕަމް ހާމައެއް ނުކުރެއެވެ.

އޭގެ އިތުރުން އަނޫޕަމްގެ ކައިވެންޏަށް 35 އަހަރު ފުރުމާއި ގުޅިގެން، އޭނާ ވަނީ އޭނާގެ އަންހެނުންނަށް ތަހުނިޔާ ފޮނުވާފައެވެ. އަނޫޕަމް ބުނީ އޭނާ އާއި އޭނާގެ އަންހެނުން ދަންނަތާ ގާތްގަނޑަކަށް 45 އަހަރުވެފައިވާ ކަމަށެވެ.

އެކުގައި ހޭދަކުރަން ގިނަ ވަގުތު ނުލިބުނުކަން ފާހަގަކޮށް އަނޫޕަމް ބުނީ އޭނާ ބުރަކޮށް އުޅުނީ ފިލްމީ މަސައްކަތްތަކުގައި ކަމަށާއި އަންހެނުން ބުރަކޮށް އުޅުނީ ޕާލިމެންޓް މެންބަރެއްގެ ގޮތުގައި ކަމަށެވެ.