ފުރުސަތު ނަގާނުލައްވާ: އުރީދޫގެ ހައްޖު ދަތުރުގެ ގުރުއަތުލުމަށް ބާކީ 5 ހަފްތާ

އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ފެށި ލިވްއަންލިމިޓެޑް ކެމްޕޭނުގެ ގްރޭންޑް ޕްރައިޒް ހައްޖު ދަތުރު ހޯދުމަށް ބައިވެރިވުމަށް ބާކީ އޮތީ 5 ހަފްތާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ އަހަރު ފެށި މި ކެމްޕޭނުގެ ދަށުން، ކޮންމެ 20 ދުވަހަކުން އެއްފަހަރު 19 އުމްރާ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކެމްޕޭނުގެ އެންމެ ފަހު ނަސީބުވެރިޔާ، 20 ވަނަ ފަރާތަށް ދެ މީހަކަށް ހައްޖު ދަތުރުގެ ގްރޭންޑް ޕްރައިޒް ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

 

ގުރުއަތުލުމުގައި ބައިވެރިވުމަށް ކަސްޓަމަރުން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ޝަރުތުތައް

* ބިލް ދެއްކުމަށް ނުވަތަ އެޑް-އޮންތަކަށް 250 ރުފިޔާއަށްވުރެ ގިނައިން ހަރަދުކުރުން.

* އާ ކަސްޓަމަރުންނަށް 400 ރުފިޔާއަށްވުރެ މަދުނޫން އަދަދަކަށް ބިލް ދެއްކުމަށް ނުވަތަ އެޑް-އޮންތަކަށް ހަރަދުކުރުން.

* ފާއިތުވި 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު އުރީދޫގެ ހިދުމަތްތައް (ކޯލް ނުވަތަ ޑޭޓާ) ބޭނުންކުރުން.

މި ފުރުސަތު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފަ އެވެ.

ބާކީ 45 ދުވަސް އޮތުމުން، ކަސްޓަމަރުން ހިދުމަތްތައް ބޭނުންކޮށް، މި ކެމްޕޭނުގެ ނަސީބުވެރިއަކަށްވުމުގެ ފުރުސަތު ބޮޑުކުރުމަށް އުރީދޫއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސްއިން ދެމި ތިބީ ކަސްޓަމަރުންނަށް ފައިދާހުރި އަދި އާ އީޖާދީ ހިދުމަތްތައް ފޯރުކޮށްދީ، "ލިވް އަންލިމިޓެޑް" ތަޖުރިބާއެއް ކަށަވަރުކޮށް ދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.