ސްޕޮޓިފައި އިން މުވައްޒަފުންތަކެއް ކަނޑާލަނީ

ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސްޕޮޓިފައި އިން 1،500 އެއްހާ މީހުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

ސްޕޮޓިފައި ގެ ޗީފް އެގްޒެކެޓިވް ޑޭނިއަލް އެކް ވިދާޅުވީ އިގުތިސާދީ ކުރިއެރުން ބޮޑުތަނުން މަޑުޖެހުމާއެކު މި އުނދަގޫ ނިންމުން ނިންމަން ޖެހުނީ ކަމަށެވެ.

ސްޕޮޓިފައި ގައި ގާތްގަނޑަކަށް 9،000 އެއްހާ މީހުން ވަޒީފާ އަދާކުރެ އެވެ.

މިހާރު 601 މިލިއަނަށްވުރެ ގިނަ މީހުން ސްޕޮޓިފައި ބޭނުންކުރާއިރު 2020 ވަނަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 345 މިލިއަންގަ އެވެ.