މޯލްޑިވިއަންގެ އުދުހުންތައް ބެންގަލޫރަށް
ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުދުހުންތައް އިންޑިއާގެ ބެންގަލޫރަށް ފަށަން ތައްޔާރުވެއްޖެ އެވެ.
އޮކްޓޫބަރު 30 ވަނަ ދުވަހު ފަށާ ދަތުރުތަކުގެ ޓިކެޓް ބުކް ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.
ހަފުތާގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި ދަތުރުތައް ހަފުތާ ބަންދަށް ޝެޑިއުލްކުރީ ޗުއްޓީ އާއި ވިޔަފާރި ދަތުރުތަކުގައި ބެންގަލޫރަށް ދަތުރުކުރާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުންނެވެ.