ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު.ފޮޓޯ ރައީސް އޮފީސް

2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާ 1.7 ބިލިއަންގެ ޓީބިލް ވިއްކަން އިއުލާނުކޮށްފި

ސަރުކާރުން ދެ ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި 100 މިލިއަން ރުފިޔާގެ ޓީބިލަކާއި 230 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 912 މިލިއަން އަދި 980 މިލިއަން ރުފިޔާގެ ޓީބިލެއް ވަނީ ވިއްކާފައެވެ.

މި ޓީބިލްތައް ވިއްކާފައިވަނީ އެއް މަސް ދުވަހާއި އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ވަނީ 1.7 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކަން އިއުލާނުކޮށްފަ އެވެ.