ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

1.7 ބިލިއަންގެ ޓީބިލް ވިއްކަނީ

ސަރުކާރުން 1.73 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް ވިއްކަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއުލާނު ކުރީ 1.07 ބިލިއަން ރުފިޔާގެ ޓީބިލަކާއި 297 މިލިއަން ރުފިޔާގެ ޓީބިލަކާއި 50 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 316 މިލިއަން ރުފިޔާގެ ޓީބިލެކެވެ
 
ޓީބިލު އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ 28 ދުވަހާއި 364 ދުވަހާ ދޭތެރޭގަ އެވެ.


ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.