ހީނާ ޙާންގެ ބައްޕަ މަރުވެއްޖެ
އިންޑިއާގެ އެކްޓްރެސް ހީނާ ޙާންގެ ބައްޕަ މަރުވެއްޖެއެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ހީނާ ޙާންގެ ބައްޕަ މަރުވީ ކާޑިއެކް އެރެސްޓެއް ޖެހުމުގެ ސަބަބުންނެވެ.
ބައްޕަ މަރުވި ޚަބަރު ލިބުނުއިރު، ހީނާ ޙާން އުޅުނީ ކަޝްމީރްގައި ޝޫޓިންއެއްގައެވެ. އެއާއެކު ހީނާ ވަނީ ކަޝްމީރުން މުމްބާއީއަށް ދަތުރުކުރި ފްލައިޓެއްގައި މުމްބާއީއަށް ދަތުރުކޮށްފައެވެ.