މިފްކޯ މަސް ފިހާރަ -- ފޮޓޯ: މިފްކޯ

މަސް އެކްސްޕޯޓް މިންވަރު ދަށަށް

ރާއްޖެއިން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 27،698 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.

މި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 14،389 މެޓްރިކް ޓަނުގެ މަހެވެ. މިއީ 48 ޕަސަންޓް ދަށްވުމެކެވެ.

މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. އެ ގޮތުން 9،070 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ބޭރުކޮށްފައިވެ އެވެ.