ނަރުދޫ ބަނދަރު މަޝްރޫއު ފަށައިފި

ށ. ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި މަޝްެރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ބުރާސްފަތި ދުވަހު އެވެ. މިހާރު ކުރިއަށް ދަނީ އާ ހާބަރު ބޭސިން ފުން ކުރުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެ އެވެ.

މީގެ އިތުރުން 205 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 210 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 955 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުން ހިމެނެ އެވެ.

މި މަޝްރޫއުގެ ދަށުން ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މި މަޝްެރޫއަކީ 41.34 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.