ފޮޓޯ: ދިރާގު

ދިރާގު ގުޑިފެސްޓް މިއަދު ހަވީރު

ދިރާގު ގުޑިފެސްޓް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.

ދިރާގާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗް، ހުޅުމާލެ ދެވަނަ ފިޔަވަހި އެންޓްރެންސްގަ އެވެ.
ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ބައިވެރިވެވޭ ދިރާގު ގުޑިފެސްޓްއަށް އަންނަ ކޮންމެ ކުއްޖަކަށްވެސް ހިލޭ ގުޑިއެއް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ގުޑިފެސްޓް އަކީ ރޯދަ މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމުގެ ހަރަކާތަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން މިދިޔަ އަހަރު އެކުންފުނިން ފެށި ހަރަކާތެކެވެ.