ވީއައިއޭގައި ބަހައްޓާފައިވާ މޮނިއުމެންޓް- ފޮޓޯ ޓޫރިޒަމް މިނިސްޓްރީ ޓްވިޓާ

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން މޮނިއުމެންޓެއް

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް، މޮނިއުމެންޓެއް ބަހައްޓައިފިއެވެ.

"މޯލްޑިވްސް 50 ގޯލްޑަން އިޔާ ޓޫރިޒަމް 2022" ލިޔެފައިވާ މި މޮނިއުމެންޓް ބަހައްޓާފައި ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައެވެ.

ރާއްޖޭގެ ޓޫރިޒަމަށް، މިއަހަރު 50 އަހަރު ފުރޭއިރު، ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހާއްސަ ހަރަކާތްތަކެއް ކުރިއަށްވެސް ވަނީ ރާއްވާފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ ޓިކްޓޮކް ޗެލެންޖެއް އިއުލާނުކޮށްފައިވާއިރު، ޓޫރިޒަމް ރަން އަހަރަށް ހާއްސަ ލަވައެއްވެސް ވަނީ ނެރެފައެވެ.

ޓޫރިޒަމް ރަން އަހަރާއި ގުޅުވައިގެން "ސަވާދިއްތަ ދަތުރު" ގެ ނަމުގައި ޔޮޓް ރެލީއެއް ބާއްވާފައިވާއިރު "އޯޝަން 50/6" ގެ ނަމުގައި 50 ގަޑިއިރަށް ދެމިގެންދިޔަ ޑައިވް ހަރަކާތެއް ވަނީ ބާއްވާފައެވެ.