މޯލްޑިވިއަންގެ އުދުހުންތައް ބެންގަލޫރަށް
މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.
ބެންގަލޫރަށް މޯލްޑިވިއަން އިން ދަތުރުތައް ފެށީ މިއަދު އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު މި ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުތައް ހަފުތާ ބަންދަށް ޝެޑިއުލްކުރީ ޗުއްޓީ އާއި ވިޔަފާރި ދަތުރުތަކުގައި ބެންގަލޫރަށް ދަތުރުކުރާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.