ފޮޓޯ: އުރީދޫ

އުރީދޫ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި

އުރީދޫ މޯލްޑިވްސްއާއި ޕްރޯލެޕް ޕާރޓްނަރވެ ސްކޫލް ކުދިންނަށް ޚާއްޞަ "ބެކް ޓު ސްކޫލް" އޮފަރ އެއް މިއަދު އިއުލާން ކޮށްފިއެވެ.

ކިޔެވުމާއި ކިޔަވާދިނުން އަދި މިނޫންވެސް އެހެނިހެން ހިދުމަތް ފޯރުކޮށްދިނުމުގައާއި ލިބިގަތުމުގައި ޑިޖިޓަލް ޑިވައިސްތަކުގެ މުހިންމުކަން މިވަނީ އިތުރުވެފައެވެ.

އެހެންކަމުން މި އޮފަރގެ މަގްސަދަކީ ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލުމެވެ.

މިއަދު މި ލޯންޗްކުރެވުނު "ބެކް ޓު ސްކޫލް" އޮފަރގެ ދަށުން ޕްރޯލެޕް ބައްލަވައިގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ ފަސޭހަ މިނީ ޑިވައިސްއެއް، އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ހިމެނޭގޮތަށް ލިބިވަޑައިގަންނަވާނެއެވެ.

ލެޕްޓޮޕާއެކު ހިލޭ ލިބިވަޑައިގަންނަވާ ފަސޭހަ މިނީ ޑިވައިސް މެދުވރިކޮށް ރީޗާރޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރައްވާ ކޮންމެ ރީޗާޖަކަށް 20ޖީބީ ބޯނަސް ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ، ޕްރޯލެޕް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފަރގައި ވަނީ ހިމެނިފައެވެ.

އެޗްޕީ އަދި އޭސަސް ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފަރ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

"އަޅުގަނޑުމެން އާއްމުކޮށް ކަންކުރާ ގޮތްތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ. އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައިވެސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައިވެސް އިންޓަނެޓް ގެ ޚިދުމަތް މިވަނީ މުހިންމުވެފައި. އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދޭ. ވުމާއިއެކު، ޕްރޯލެޕް  އާއެކު މި ލޯންޗް ކުރި އޮފަރ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި ތަޢުލީމީ އަހަރަކަށް އެދެން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.