ފޮޓޯ: އެމްޓީސީސީ

މަކުނުދޫ ފެރީ ހަޓް ހެދުމުގެ މަސައްކަތް ނިމިއްޖެ

ހދ. މަކުނުދޫ ފެރީ ހަޓް ހެދުމުގެ މަސައްކަތް 20 ޖުލައި 2022 ވަނަ ދުވަހު ނިމިއްޖެއެވެ.

އެމްޓީސީސީ އިން ބުނީ މި ފެރީ ހަޓަކީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވަރސަލް ޓޮއިލެޓް ހެދިގެން ދާނެއެވެ.