އެމްޓީސީސީގެ ވެހިކަލެއް -- ފޮޓޯ: އެމްޓީސީސީ

ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީގެ ފައިދާ ފަސް މިލިއަނަށް

އެމްޓީސީސީ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީ އިން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 664.44 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 41.77 މިލިއަން ރުފިޔާ ލިބުނެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ފައިދާގެ ގޮތުގައި 6.17 މިލިއަން ރުފިޔާ ލިބުނެވެ.