ފޮޓޯ: ސްޓެލްކޯ

ކާށިދޫއަށް އާ ޖަނަރޭޓަރެއް

ކ. ކާށިދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން އާ ޖަނަރޭޓަރު ސެޓެއް ފޮނުވައިފި އެވެ.

ސްޓެލްކޯ އިން ބުނީ ކާށިދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފޮނުވީ 500 ކިލޮވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ފޮނުވާފައިވާ ކަމަށެވެ.

މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި މި ޖަނަރޭޓަރުސެޓާއެކު، ކާށިދޫގެ ޖެނެރޭޝަން ކެޕޭސިޓީ ވަނީ 2562 ކިލޮވޮޓަށް ވަނީ އިތުރުކުރެވިފަ އެވެ.