"ދަ ބެޓް މޭން" ގެ ޕްރޮޑަކްޝަން ނިންމާލައިފި

ހޮލީވުޑްގެ ފިލްމް ޑައިރެކްޓަރު މެޓް ރީވްސް ޑައިރެކްޓްކުރާ ފިލްމް "ދަ ބެޓްމޭން" ގެ ޕްރޮޑަކްޝަން ނިންމާލައިފިއެވެ.

ފިލްމްގެ މަސައްކަތް ނިންމާލިކަން މެޓް ރީވްސް ހާމަކުރީ އޭނާ ކުރި ޓްވީޓެއްގައެވެ. މި ފިލްމްގައި ބެޓް މޭންގެ ރޯލުން ފެނިގެންދާނީ ރޮބަޓް ޕެޓިންސަންއެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ކޮލިން ފެރެލް، ޒޯއީ ކްރަވިޒް، އެންޑީ ސާކިޒް އަދި ޕޯލް ޑާނޯ ހިމެނެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ފިލްމް ރިލީޒްކުރާ ތާރީހަށް ބަދަލުގެނެވިފައިވާއިރު، މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ މާޗް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މި ފިލްމްގެ ޝޫޓިން ލަންޑަންގައި ފަށައިގެން ކުރިއަށް ދަނިކޮށް، ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވުމުން މަސައްކަތް ހުއްޓުނެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ފިލްމްގެ ޝޫޓިން އަލުން ފަށައިގެން ކުރިއަށްދަނިކޮށް އެކްޓަރު ރޮބަޓް ޕެޓިންސަން ކޮވިޑަށް ޕޮޒިޓިވްވުމުން އަނެއްކާވެސް ދުވަސްކޮޅަކަށް ފިލްމްގެ މަސައްކަތްތައް ހުއްޓުނެވެ.