އާލިއާ ބަޓް

އާލިއާއަށް ކޮވިޑް ޖެހިއްޖެ

ބޮލީވުޑްގެ އެކްޓްރެސް އާލިއާ ބަޓް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އާލިއާ ހާމަކުރީ ސޯޝަލް މީޑިއާގައެވެ. އާލިއާ ބުނީ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުމާއެކު ވަގުތުން އޭނާ އެކަހެރިވި ކަމަށެވެ. އާލިއާ ބުނި ގޮތުގައި އޭނާ ހުންނާނީ ގޭގައި ކަރަންޓީންވެގެންނެވެ.

ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ކަންކަން ކުރަމުންދާ ކަމަށްވެސް އާލިއާ ބުނެފައިވެއެވެ.

އާލިއާ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި އޭނާގެ ލޯބިވެރިޔާ ރަންބީރް ކަޕޫރަށް ކޮވިޑް-19 ޖެހި މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.