ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން އިނގުރާއި ލޮނުމެދުގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިނގުރާއި ލޮނުމެދުގެ ޝިޕްމެންޓެއް ރާއްޖެ ގެނެސް ހެޔޮ އަގެއްގައި ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އިނގުރު ބަސްތާއެއް މިހާރު 273 ރުފިޔާއަށް ލިބޭނެ އެވެ. އަދި ފަސް ބަސްތާ ގަންނަ ނަމަ ބަސްތާއެއް 263 ރުފިޔާއަށް ލިބޭނެ ކަމަށެވެ.

ލޮނުމެދު ބަސްތާއެއް 302 ރުފިޔާއަށް ވިއްކަމުންދާއިރު ފަސް ބަސްތާ ގަންނަ ނަމަ ބަސްތާއެއް 292 ރުފިޔާއަށް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.