ވާނީ ކަޕޫރް

އާ ފިލްމްގެ މަސައްކަތަށް ވާނީ ކަޕޫރް ޗަންދިގަރަށް

އަބިޝެކް ކަޕޫރް ޑައިރެކްޓްކުރާ ފިލްމެއްގައި މަސައްކަތް ކުރުމަށް، އެކްޓްރެސް ވާނީ ކަޕޫރް ޗަންދިގަރަށް ހިނގައްޖެއެވެ.

މި ފިލްމްގައި ވާނީ ކަޕޫރާއެކު ފެނިގެންދާނީ އެކްޓަރު އަޔުޝްމަން ކުރާނާއެވެ. މި ފިލްމްގެ ނަމެއް އަދި ހާމައެއް ނުކުރެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ޝޫޓިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗަންދިގަރްގައެވެ. އަދި ވާނީ ކަޕޫރް މިހާރު ވަނީ ޗަންދިގަރްއަށް ދިއުމަށް ދަތުރު ފަށާފައެވެ. ފިލްމްގެ ޝޫޓިން ފެށުމުގެ ކުރިން، އެކްޓްރެސް ވާނީ ކަޕޫރް ކަރަންޓީން ފުރިހަމަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެކްޓްރެސް ވާނީ ކަޕޫރް އެންމެފަހުން މަސައްކަތް ކުރީ "ބެލް ބޮޓަމް" ގައެވެ. މި ފިލްމްގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރް، ހުމާ ގްރޭޝީ އަދި ލާރާ ދައްތާ ހިމެނެއެވެ.