ލީޑިން ޑެސްޓިނޭޝަން އެވޯޑް މިފަހަރުވެސް ރާއްޖެއަށް

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއިން ކާމިޔާބުކޮށްފި އެވެ. މިއީ ޖެހިޖެހިގެން މި އެވޯޑް ރާއްޖެއިން ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ.

މި އެވޯޑު ހަފުލާ ބާއްވާފައިވަނީ ރޭ ދުބާއީގެ ބުރޫޖު އަލް އެރެބް ހޮޓެލްގަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވޯލްޑް ލީޑިން އެއާޕޯޓްގެ އެވޯޑް ހާސިލުކޮށްފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލް އެވެ. މީގެ އިތުރުން ރާއްޖޭގެ ހަތް ރިސޯޓަކަށް އެވޯޑް ލިބިފައިވެ އެވެ.

ރާއްޖެއަށް ލިބުނު އެވޯޑްތައް

ވޯލްޑް ލީޑިން ބުޓީކް އެއާޕޯޓް ހޮޓެލް 2023 - ހޮޓެލް ޖެން މާލެ ބައި ޝަންގްރިއްލާ، މޯލްޑިވްސް

ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް 2023 - ޖޭއޭ މަނަފަރު

ވޯލްޑް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް 2023 - ވައްކަރު މޯލްޑިވްސް

ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2023 - ވޮއްމުލި ރިސޯޓް

ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް 2023 - ވެލާ ޕްރައިވެޓް އައިލެންޑް

ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް 2023 - އެމަރަލް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ

ވޯލްޑް މޯސްޓް ރޮމޭންޓިކް ރިސޯޓް 2023 - ބަރޮސް މޯލްޑިވްސް

ޑަބްލިއުޓީއޭ އިން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް ބޯޑަކަށް ހޮވިފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) އެވެ.