ތިލަމާލެ ބްރިޖް ސައިޓް -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ހަރަދު 8 ބިލިއަނަށް

ލޯނު ދައްކަން ކުރި ހޭދައާއެކު މި އަހަރު ދައުލަތުން ކުރި ހޭދަ 8.2 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް ހަރަދަށް ދައުލަތުން 5.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ކެޕިޓަލް ހަރަދަށް 1.4 ބިލިއަން ރުފިޔާ އަދި ލޯނު ދެއްކުމަށް 836 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 6.1 ބިލިއަން ރުފިޔާ ހިމެނެ އެވެ.