"ބާރޑްސް އޮފް ޕްރޭ": މާގޮޓް ރޮބީ އަނެއްކާވެސް ހަރލީ ކުއިންގެ ރޯލުން

ހާރލީ ކުއިންގެ ކެރެކްޓާއަށް ހާއްސަ "ބާރޑްސް އޮފް ޕްރޭ" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފިއެވެ. މި ޓްރެއިލާގައި ހަރލީގެ ގިނަދުވަސްވީ ލޯބިވެރިޔާ، ޖޯކަރ، އާއި ނުލައި ގޮތަމް ސިޓީގެ އެކި ތަންތަން ސުންނާފަތި ކުރާތަން ފެނެއެވެ.

ހާރލީ ކުއިންގެ އިތުރުން މި ފިލްމުގައި ފެނިގެންދާ އެހެން ޝަހުސިއްޔަތުތަކުގެ ތެރޭގައި ބްލެކް ކެނެރީ، ހަންޓްރެސް، ޑިޓެކްޓިވް ރެނޭ މޮންޓޯޔާ ހަރލީ އެއްކޮން މަސައްކަތް ކުރަނީ ބްލެކް މާސްގެ އަތް ދަށުން ކަސަންޑްރަ ކެއިން ސަލާމަތް ކުރުމަށެވެ.

ކެތީ ޔަން ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.