ނިކީ ތަމްބޮލި

ނިކީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަންއިން ފެނިގެންދިޔަ ނިކީ ތަމްބޮލީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އުމުރުން 24 އަހަރުގެ ނިކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރީ ހުކުރު ދުވަހުއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ނިކީ ބުނީ މިވަގުތު އޭނާ ހުރީ ސެލްފް ކަރަންޓީންގައި ކަމަށާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ފަރުވާގެ ކަންކަން ކުރިއަށް ގެންދާ ކަމަށްވެސް ނިކީގެ ޕޯސްޓްގައި ބުނެފައިވެއެވެ.

މިފަހުން އޭނާއާ ބައްދަލުވެފައިވާ މީހުން ކޮވިޑަށް ޓެސްޓްކުރުމަށް ނިކީ ވަނީ އެދިފައެވެ. ނިކީ ވަނީ ރައްކާތެރިވެ ތިބުމަށާއި އަބަދުވެސް މާސްކް އެޅުމަށް އެދިފައެވެ. އަތް ސެނިޓައިޒްކުރުމަށާއި ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށް ނިކީ ވަނީ އެދިފައެވެ.

ނިކީ ވަނީ ތެލުގޫ އަދި ތަމަޅަ ފިލްމަކުންވެސް ފެނިގެންގޮސްފައެވެ.