ރާއްޖެއަށް ދަތުރުތައް ފެށި އެއާލައިނަކަށް ވީއައިއޭ އިން މަރުހަބާ ކިޔަނީ -- ފޮޓޯ: ވީއައިއޭ ފޭސްބުކް

ފްލައިޓް މޫވްމެންޓްތަކަށް އިތުރުވުމެއް

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ވަނީ 2.4 ޕަސެންޓް އިތުރުވެފަ އެވެ.

މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ފްލައިޓް މޫވްމެންޓްގެ އަދަދަކީ 5،985 އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 5،841 ގަ އެވެ.

އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްގެ ތެރެއިން 5،378 ފްލައިޓް މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި 604 މޫވްމެންޓަކީ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކެވެ.