އޭޓީއެމް 2024 ދުބާއީގައި ދިވެހި އުފެއްދުންތައް ދައްކާލަނީ -- ފޮޓޯ: ބީސީސީ

ތޮއްޑޫގައި ހުޅުވާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައިގައި ތަކެތި ވިއްކުމަށް ހުޅުވާލައިފި

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އއ. ތޮއްޑޫގައި ހުޅުވާ "އޮތެންޓިކް މޯލްޑިވްސް" ފިހާރައިގައި ތަކެތި ވިއްކުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަމުންދާ މަސައްކަތެކެވެ.

އޮތެންޓިކް މޯލްޑިވްސް އުފެދުނީ 2020 ވަނަ އަހަރު އެވެ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ގާއިމުކޮށްފައިވެ އެވެ.

އޮތެންޓިކް މޯލްޑިވްސް ފިހާރަތައް ގާއިމުކޮށްފައިވަނީ މާލެ، ކްރޮސްރޯޑްސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ.