ފަތުރުވެރިންތަކަކަށް ވީއައިއޭ އިން މަރުހަބާ ކިޔަނީ -- ފޮޓޯ: ވީއައިއޭ

މިމަހު ފަތުރުވެރިންގެ އަދަދު 68،859 އަށް

ހިނގަމުންދާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 68،859 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 64،299 ފަތުރުވެރިންނަށްވުރެ 7.1 ޕަސަންޓް އިތުރު މިންވަރެކެވެ.

މި އަދަދާއެކު ރާއްޖެއަށް އަހަރުގެ މިހާތަނަށް 1.75 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަހަރުން އަހަރަށް ބަލާނަމަ ފަތުރުވެރިންގެ އަދަދު ވަނީ 12.7 ޕަސަންޓް އިތުރުވެފަ އެވެ.