ޕަތާން އެމެޒޯން ޕްރައިމް ވީޑިއޯއަށް
ޝާހްރުކް ޚާންގެ ބްލޮކްބަސްޓާ ފިލްމު ޕަތާން އެމެޒޯން ޕްރައިމް ވީޑިއޯގައި ރިލީޒްކޮށްފި އެވެ.
އެމެޒޯން ޕްރައިމްގައި ތިން ބަހަކުން މި ފިލްމް ވަނީ ރިލީޒްކޮށްފަ އެވެ. އެއީ ހިންދީ އާއި ތަމަޅަ އަދި ޓެލަގޫ އެވެ.
ޝާހްރުކްގެ އިތުރުން މި ފިލްމުން ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ފެނިގެންދާނެ އެވެ.
މި ފިލްމަކީ އިންޑިއާގެ ސިނަމާގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ.