އަޖިތާ ޕާންޑޭ ހަރުފަ ހިފަނީ -- ސްކްރީންޝޮޓް: އިންސްޓަގްރާމް

ހަރުފައެއް ހިފި މި މީހާއަށް ތައުރީފު އޮހެނީ

ސޯޝަލް މީޑިއާގައި މި އަންހެން މީހާއަށް ދަނީ ތައުރީފު އޮހެމުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

މިއީ އަޖިތާ ޕާންޑޭ އެވެ. އޭނާ ވަނީ އިންޑިއާގެ އޮފީހެއްގައި އޮތް ހަރުފައެއް އިތުރު މީހެއްގެ އެހީއާ ނުލައި އަދި ހަރުފަ ހިފަން ބޭނުންކުރާ ހާއްސަ އާލާތެއް ބޭނުންނުކޮށް އަތުން ހިފާފަ އެވެ.

މި ހަރުފަ އޮތީ އެ އޮފީހުގައި ހުރި ކޮމްޕިއުޓާ ސިސްޓަމެއްގެ ފަހަރުގަ އެވެ. ހަރުފައަށް ބަލާލުމަށްފަހު އަޖިތާ ވަނީ ވަރަށް ހަމަޖެހިލައިގެން ހުރެ އެ ހަރުފަ ނަގާ ގޯންޏަކަށްލައިފަ އެވެ.

އަޖިތާ ބުނި ގޮތުގައި އެ ހަރުފައަކީ "އިންޑިއަން ރެޓް ސްނޭކް" އެކެވެ. އެއީ ވިހަލާ ބާވަތުގެ ހަރުފައެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަޖިތާއަކީ ނަރުހެކެވެ. މީގެ އިތުރުން ހަރުފަ ހިފާ މީހެއް ކަމަށްވެސް ބުނެފައިވެ އެވެ.