ވަގުތީ މަސް މާރުކޭޓް ކުއްޔަށް ހިފުމަށް ހުޅުވާލަނީ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ވަގުތީ މަސް މާރުކޭޓް ކުއްޔަށް ހިފުމަށް ހުޅުވާލަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި މަސް މާރުކޭޓް ހިންގުމަށް ކުއްޔަށް ހިފުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 12:00 އިން ފެށިގެން މެއި 5 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ބޮޑުމިނުގައި 2،378.82 އަކަފޫޓް ހުންނަ މި މަސް މާރުކޭޓްގައި މަސް ބަހައްޓާ ހަ އަށި އަދި މަސްކަނޑާ ހަ އަށި ހުރެ އެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނީ ވަގުތީ މަސް މާރުކޭޓު ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައެޅިގެންދާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށެވެ.