ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޕީއެސް5 ކޮންޓްރޯލާ -- ފޮޓޯ: ޕްލޭސްޓޭޝަން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޕީއެސް5 ކޮންޓްރޯލާއެއް

ނުކުޅެދުންތެރިކަން ހުންނަ ގޭމަރުންނަށް ހާޢްސަކޮށް ސޮނީން ޕްލޭސްޓޭޝަން 5 ގެ ކޮންޓްރޯލާއެއް ނެރެފި އެވެ.

މި ކޮންޓްރޯލަރަކީ ކުޅުންތެރިން ބޭނުންވާ ގޮތަށް ފިތްތައް ބަދަލުކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންޓްރޯލަރެކެވެ.

ސޮނީން ބުނި ގޮތުގައި މި ކޮންޓްރޯލާ ބޭނުންކުރުމަށް ތާޑް ޕާޓީ އެސެސަރީޒް ހޯދާކަށް ނުޖެހޭނެ އެވެ. ބޭނުންވާ ހުރިހާ އެއްޗެއް މި ކިޓްއާއެކު ލިބޭނެ އެވެ.