ފިލްމްގެ ޝޫޓިން ތެރެއިން

"މެޓްރިކްސް 4" ގެ މަސައްކަތް ޖުލައިގައި ފެށޭނެ ކަމުގެ އުންމީދުގައި

ވާނާ ބްރޯސްގެ ފިލްމް "މެޓްރިކްސް 4" ގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި އަލުން ފެށޭނެ ކަމަށް ލަފާކޮށްފިއެވެ.

ފިލްމްގެ މަސައްކަތް ހުއްޓިފައިވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންނެވެ. ޖުލައި މަހުގެ ތެރޭގައި ފިލްމްގެ މަސައްކަތް އަލުން ފެށޭނެ ކަމަށް އުންމީދުކުރާއިރު، ފިލްމް އުފައްދާ ކުންފުނިން ވަނީ އެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުން އަށް ހަފުތާއަށް އިތުރުކޮށްފައެވެ.

މި ފިލްމްގެ ޑައިރެކްޓަރަކީ ކުރިން ގެނެސްދިން "މެޓްރިކްސް" ގެ ތިން ފިލްމްގެ ޑައިރެކްޝަންގައިވެސް ހިއްސާވި ލާނާ ވަޗޯސްކީ އެވެ. ޖުލައި މަހުގެ ހަވަނަ ދުވަހާއި ހަމައަށް ކާސްޓުން ސްޓޭންޑްބައި ގައި ތިބުމަށް ލާނާ ވަނީ އެދިފައެވެ.

ކޮވިޑް-19 އާ ގުޅިގެން ފިލްމްގެ ޝޫޓިން މެދުކެނޑުނުއިރު، ސެން ފްރެންސިސްކޯ އާއި ބާލިންގައި ފިލްމްގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވެއެވެ. "މެޓްރިކްސް 4" އިން ފެނިގެންދާނެ ތަރިންގެ ތެރޭގައި ކީއާނޫ ރީވްސް، ކެރީ-އެނީ މޮސް، ޔަހްޔާ އަބްދުލް މަތީން އަދި ނީލް ޕެޓްރިކްސް ހިމެނެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުއެވެ.