
ފޮޓޯ: ވީއައިއޭ
ރަޝިއާ ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް
ރަޝިއާ އިން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 926،898 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން 10.8 ޕަސެންޓަކީ ރަޝިއާ ފަތުރުވެރިންނެވެ.
ފާއިތުވި 2024 ވަނަ އަހަރު ރަޝިއާގެ އެއްލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރީ އެ އަހަރުގެ ޖޫން މަހު އެވެ.