![](https://reyga.com/storage/uploads/ywDeK0YN/0mr3mx0r.png)
ޓެސްލާގެ ކާރެއް -- ފޮޓޯ: ޓެސްލާ
ރޮބޮޓެކްސީ އޮގަސްޓް މަހު ދައްކާލަނީ
މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޓެސްލާއިން ރޮބޮޓެކްސީ ދައްކާލާނެ ކަމަށް އީލޮން މަސްކް ބުނެފި އެވެ.
މިއީ ސެލްފް-ޑްރައިވިން – އަމިއްލައަށް ދުއްވުމުގެ ގާބިލުކަން ހުރި އުޅަނދެއް ކަމަށްވެސް މަސްކް ބުނެފައިވެ އެވެ.
މި ކާރުގެ ތަފުސީލު ހާމަނުކުރި ނަމަވެސް އީލޮން މަސްކް ބުނީ އޮގަސްޓް އަށްވަނަ ދުވަހަށް އިންތިޒާރު ކުރުމަށެވެ.
އީލޮން މަސްކް މިކަން ހާމަކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޓެސްލާގެ ހިއްސާ ވަނީ ތިން ޕަސަންޓް އުފުލިފަ އެވެ.