ވިޝްކާގެ ޕޯސްޓަރެއް

ފިލްމް "ވިޝްކާ"، "ބައިސްކޯފު" އަށް އަންނަނީ

ފިލްމް "ވިޝްކާ"، މޯބައިލް އެޕް "ބައިސްކޯފު" އަށް އަންނަން ތައްޔާރުވެއްޖެއެވެ.

"ބައިސްކޯފު" ގެ ފޭސްބުކް ޕޭޖުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ކްރައިމް ތްރިލާ ފިލްމް "ވިޝްކާ"، "ބައިސްކޯފު" އިން ސްޓްރީމް ކުރަން ފަށާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ރިޝްމީ، ރަވީ ފާރޫޤް އަދި އަހުމަދު ސައީދެވެ. މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް އުފައްދާފައިވާ މި ފިލްމް ޑައިރެކްޓްކުރީ ރަވީ ފާރޫގެވެ.

ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި، އެންމެ މޮޅު ބަތަލާގެ އެވޯޑު ރިޝްމީއަށް ވަނީ ފިލްމް "ވިޝްކާ" އިން ލިބިފައެވެ.