"ސާންޑް ކީ އާންކް" ގެ މަންޒަރެއް

"ސާންޑް ކީ އާންކް" ގެ ޓްރެއިލާ ދައްކާލައިފި

ތާޕްސީ ޕައްނޫ އާއި ބޫމީ ޕެޑްނޭކަރު ލީޑް ރޯލު ކުޅެފައިވާ ފިލްމް "ސާންޑް ކީ އާންކް" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމަކީ، އިންޑިއާގެ އަންހެން ދެ ޝޫޓަރުން ކަމަށްވާ ޕްރަކާާޝީ އާއި ޗަންދުރޯ ތޯމަރުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ޕްރަކާޝީ އާއި ޗަންދުރޯ އަކީ އުމުރުން 60 ގެ އަހަރުތައް ގުނަމުންދާ ދެ މީހުންނެވެ. އެހެންކަމުން މި ފިލްމްގައި ތާޕްސީ އާއި ބޫމީ ފެނިގެންދާނީ އެ އުމުރުގެ މީހުންގެ ގޮތުގައެވެ. ބަޑިޖެހުމަށް ފަރިތަކުރާ މަންޒަރާއި، އަންހެނުންނަށްވުމުން މީހުންގެ މަލާމާތް ރައްދުވާ މަންޒަރު ޓްރެއިލާއިން ފެނިގެންދެއެވެ.

ފިލްމްގެ ޓްރެއިލާ ބެލުމަށްފަހު އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުގެ ރަނގަޅު ކޮމެންޓް ވަނީ ލިބިގެން ގޮސްފައެވެ.

ތުޝާރު ހިރަނަންދާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ވިނީތު ކުމާރް އާއި ޕްރަކާޝް ޖާގެ އިތުރުން ނިހާތު ހާން ހިމެނެވެ.