ފޮޓޯ: މޯލްޑިވިއަން

ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް

ޗައިނާއިން މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 884،802 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 11.4 ޕަސެންޓަކީ ޗައިނާ ފަތުރުވެރިންނެވެ.

ޗައިނާއަށްފަހު ދެން އެންމެ ގިނަ ފަތުރުވެރިން މި އަހަރު ރާއްޖެ އައީ ރަޝިއާ އާއި އިނގިރޭސިވިލާތުންނެވެ.

އެ ގޮތުން ރަޝިއާއިން 95،144 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 91،690 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

އިޓަލީ އިން މި އަހަރު 78،592 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ޖަރުމަނުން 67،978 ފަތުރުވެރިން އަދި އިންޑިއާއިން 46،953 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ފްރާންސުން 32،851 ފަތުރުވެރިން ޒިޔާރަތްކުރިއިރު އެމެރިކާއިން 27،856 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މީގެ އިތުރުން ސްވިޓްޒަލޭންޑުން 21،028 ފަތުރުވެރިން އޮސްޓްރޭލިއާއިން 15،734 ފަތުރުވެރިން މި އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.