ފުރަތަމަ ކުއާޓަރުގައި 2.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 2.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.
ވީއައިއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ހަތަރު ޕަސެންޓް އިތުރުވުމެކެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވާއިރު ޑޮމެސްޓިކް ޓާމިނަލުން 317،286 ފަސިންޖަރުންނަށް އަދި ސީޕްލޭން ޓާމިނަލުން 498،411 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ.
ވީއައިއޭގެ އެއާޓްރެފިކް މޫވްމެންޓްވެސް ވަނީ ފުރަތަމަ ކުއާޓަރުގައި ފަސް ޕަސެންޓް އިތުރުވެފަ އެވެ.
އެ ގޮތުން ފުރަތަމަ ކުއާޓަރުގައި އިންޓަނޭޝަނަލް 9،978 މޫވްމެންޓް ރެކޯޑް ކުރެވިފައިވާއިރު 54،594 ސީޕްލޭން މޫވްމެންޓް އަދި 7،556 ޑޮމެސްޓިކް މޫވްމެންޓް ރެކޯޑް ކުރެވިފައިވެ އެވެ.