ނުލިބި ހުރި 1.7 ބިލިއަން ހޯދައިފި
މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 1.7 ބިލިއަން ރުފިޔާ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި ހޯދައިފި އެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުގެ ތެރެއިން ޖެނުއަރީ މަހު 531 މިލިއަން ރުފިޔާ ހޯދާފައިވާއިރު ފެބްރުއަރީ މަހު 398 މިލިއަން ރުފިޔާ އަދި މާޗް މަހު 882 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ.
އެ ގޮތުން ޖެނުއަރީ މަހު ނޯޓިސް ފޮނުވައިގެން 305.84 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 51.08 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ. ޖެނުއަރީ މަހު ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 7.92 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 95.94 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 70.91 މިލިއަން ރުފިޔާ ހޯދި އެވެ.
ނުލިބި ހުރި ފައިސާ ހޯދަށް ފެބްރުއަރީ މަހު ކުރި މަސައްކަތުގެ ތެރެއިން ޑިއުސް ކްލިއަރެންސްގެ ތެރެއިން 155.84 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 5.21 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 34.44 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 60.6 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ހާމަކުރެ އެވެ.
ނުލިބިހުރި ފައިސާ ހޯދުމަށް މާޗް މަހު ކުރި މަސައްކަތުގެ ތެރެއިން ނޯޓިސް ފޮނުވައިގެން 397 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 411 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ.
މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ މާޗް މަހު ހޯދި އެވެ.