ދިރާގުގެ އެހީ ބެކް ޓު ސްކޫލު ޕްރޮގްރާމަށް

މަމްސް އެއިޑްގެ "ބެކް ޓު ސްކޫލު 2023" ޕްރޮގްރާމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭން ދިރާގުން ނިންމައިފި އެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވެފަ ތިބި އާއިލާތަކުގެ ތެރެއިން އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ. މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މީހުންވެސް ވެސް ހިމެނެ އެވެ.

"ބެކް ޓު ސްކޫލް 2023" ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރު ކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދޭނެ އެވެ.

ދިރާގުގެ އެހީގައި ކީ ސްޓޭޖު ތިނެއް އަދި ހަތަރެއްގެ ދަރިވަރުންނަށް ސްކޫލަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.